ކަޅުހެދުން ލުމަކީ
އެއްގޮތަކުން ބަލާއިރު މައްސަލައެއްނޫނެވެ. މުދައްރިސުން އެބައިމީހުންގެ ހިތްހަމަ
ނުޖެހުން ފާޅުކޮށް ސަރުކާރަށް އަންގައިދޭން ބޭނުންވެއެވެ. ކަމާބެހޭ ފަރާތްތަކާއި
ބައްދަލުކޮށްގެން އެކަންކުރަން އުޅެ ވަނީ ނާކާމިޔާބު ވެފައެވެ. ދެން އޮތްގޮތަކީ
މަސައްކަތް ހުއްޓާލުމެވެ. މަނަވެސް ކިޔަވައިދިނުންފަދަ ދާއިރާއެއްގައި މިފަދައިން
ކަންތައްކޮށްފި ނަމަ އެކަމުން ނުކުންނާނެ ނަތީޖާ މާހިތިވާނެއެވެ. ވީމާ މަސައްކަތް
ހިއްޓާލުމުގެ ބަދަލުގައި ލާ ހެދުމުގެ ކުލައިން އެކަން އަންގައިދިނުނަށް
މަސައްކަތްކުރުމަކީ އަޅުގަނޑުގެ ނަޒަރުގެ ޓީޗަރސް އެސޯސިއޭޝަނުން ދަރިވަރުންނާއި
އަދި މުޅި ތައުލީމީ ދާއިރާއާއި ދޭތެރޭގައި ފުންކޮށް ވިސްނާކަމުގެ އަލިގަދަ
ހެއްކެވެ.
ދެންއޮތީ
މުދައްރިސުން ގެ ޒިންމާގެ ވާހަކައެވެ. ގައުމުގެ މުސްތަގުބަލު ކަމުގައިވާ މާދަމާގެ
ޒުވާނުން ތަރުބިއްޔަތު ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް ކޮނޑުއަޅައިގެން ތިބި
ބަޔަކީ ލޮބުވެތި މުދައްރިސުންނެވެ. މުދައްރިސުންނަކީ ދަރިވަރުން ތަރުބިއްޔަތު
ކުރުމުގައި އެންމެ މުގައްދަސް މަސައްކަތް ކުރާ ފަރާތެވެ. ސްކޫލް މާހައުލަކީ ކުއްޖާ
އަށް ރީތިނަމޫނާ ފެންނަން ޖެހޭ ތަނެކެވެ. ދަރިން ރައްކާތެރިކަމާއެކު ބަލަހައްޓާ މުޖުމަތައުގެ
ގަދަރާއި އިހުތިރާމް ލިބިފައިވާފައި ތަނެއްގެ ގޮތުގައި ބާއްވަން ޖެހެއެވެ. އެކަން
ކަށަވަރު ކުރުމަކީ ތައުލީމީ ދާއިރާގެ ކޮންމެ މުވައްޒަފެއްގެ މައްޗަށް އޮތް ވާޖިބެކެވެ.
މިއަދު މުދައްރިސުންގެ ފަރާތުން ފެންނަ ކަންތައްތަކެއްގެ ސަބަބުން އެކުދިންނަށް
ނުރަގަނޅު އަސަރެއްކޮށް މުސްތަގުބަލް ބަނަވެގެން ދިއުމަކީ ވެގެން
ވާނެގޮތެއްނޫނެވެ.
އެޑިއުކޭޝަން މިނިސްޓްރީން
ވަނީ އެހަރަކާތުގައި ބައިވެރިވުމަކީ ސީދާ މަނާކަމެއްގޮތުގައި ނޭންގި ނަމަވެސް
އެކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. ދެން އުފެދޭ ސުވާލަކީ ޓީޗަރުން ހެދުން
އެޅުމަށް ވަކި ކުލައެއް ބޭނުން ކުރުމުން ދަރިވަރުންނަށް ކުރާނީ ކޮން
އަސަރެއްތޯއެވެ؟ ސިވިލް ސަރވިސް ގަވާއިދުގަވެސް ވަކި ކުލައެއްގެ ހެދުން ލައިގެން
މަސައްކަތަށް ނުކުތުން މަނާކޮށްފައެއްނެތެވެ. ހަމައެހެންމެ ގާނޫނުއަސާސީގައި
ކޮންމެ ފަރުދަކަށްވެސް ޚިޔާލުފާލުކުރުމުގެ މިނިވަންކަން ދެއްވާފައިވެއެވެ.
މިހެންކަންތައްހުރި އިރު އެޑިއުކޭޝަން މިނިސްޓްރީއިން މިކަމުގައި
ހިކުމަތްތެރިކަމާއެކު ފިޔަވަޅުތައް ނާޅައިފި ނަމަ މިކަން ބޮއްސުން ލައިގެން
ދިއުމުގެ ފުރުސަރު އެބައޮތެވެ.
ކޮންމެއަކަސް މުދައްރިސުންގެ
ވެސް ޝަކުވާ ތަކެއް އެބަހުއްޓެވެ. އެއަޑުތައް ސަރުކާރުން އަހައި
މުދައްރިސުންނަށްޓަކައި ކޮށްދެވެން އޮތް ކަމެއް ކޮށްދިނުން މުހިންމެވެ. ޓީޗަރުން
ޑިމާންޑްކުރާ ހުރިހާކަމެއް ކޮށްދޭން ކޮންމެހެން މަޖުބޫރެއްވުސް ނޫނެވެ. ނަމަވެސް
ބައްދަލުވުންތަކަށް ދެކޮޅުހެދުން ނުވަތަ އިޖާބަ ނުދިނުމަކީ މިކަމަށް އޮތް ހައްލެއް
ކަމުގައި ބަލައިގެން ނުވާނެއެވެ. މިކަމުގައި ވާހަކަދައްކައިގެން ހައްލެއް ލިބޭތޯ
މަސައްކަތްކުރުމަކީ އެންމެ މޮޅުގޮތް ކަމުގައި އަޅުގަނޑަށް ފެނެއެވެ. ހަމަ އެހެންމެ
އިހްތިޖާޖު ކުރުމަކީ ގާނޫނު އަސާސީން ލިބިގެންވާ ހައްގެއް ކަމަށް ވީނަމަވެސް
ކޮންމެ ހައްގަކީ ވެސް އެ ހައްގާ އެކު ޒިންމާއެއް ވާކަމެއްކަން ހަނދާން ބަހައްޓަން ޖެހެއެވެ.
ޓީީޗަރުން ކަޅުހެދުން ލާގެން ކިޔަވާދޭން ނުކުތުމުގައި ދަރިވަރުންނަށް ކުރާނޭ ނަފްސާނީ އަސަރެއް އޮތް ކަމަކަށް ނުފެނޭ. ގިނަ ދަރިވަރުންގެ މައިންވެސް ލާ އުޅެނީ ކަޅު ހެދުން. ފެންނަ ގޮތުގައި މިއީ ޑިމޮކްރެޓިިކް އުސޫލާ އެއްގޮތަށް ކުރެވޭ ވަރަށް ވެސް ބުއްދިވެރިއިހުތިޖާޖެއް. ކިޔަވާދިނުން ހުއްޓުވާފައި ގޭގާ ތިބުމުން ދަރިވަރުންނަށް ކުރާ ނަފްސާނީ ގެއްލުން މާ ބޮޑުވާނެ. . ކިޔެވުން މެދުކެންޑި އެކަޑަމިކް ޑިވެލޮޕްމެންޓް އަށް އަސަރު ކުރުމުން ލިބޭ ގެއްލުން މާ ބޮޑެއްނޫންތޯ..
ReplyDeleteވަރަށް ރަނގަޅު ވާޙަކައެއް އައިޝާ.
Deleteޓީޗަރުންގެ މުސާރަ ކުޑަތޯ ނުވަތަ ޓީޗަރުންގެ މުސާރަ ބޮޑުކުރަންޖެހޭތޯ ކުރެވޭ ސުވާލަކީ ބޮޑު ސުވާލެކެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ޓީޗަރަކަށް އުޅެވޭނެ އެންމެ ދައްކޮލިފިކޭޝަންގެ ޕަރައިމަރީ ޓީޗަރަކަށް އޮސްޓްރޭލިއާގައި އަހަރަކު 34810$ މުސާރައިގެ ގޮތުގައި ދެއެވެ. އިގިރޭސިވިލާތް ފަދަ ގައުމު ތަކުގައިވެސް މިފަދަ ޓީޗަރަކަށް އަހަރަކު 30289$ މުސާރައިގެ ގޮތުގައި ދެއެވެ. މިއަދަދުތަކަށް ބަލާއިރު ހަމަ ގައިމުވެސް ދިވެހި މުދައްރިއްސުންގެ މުސާރަ ބޮޑު ކުރަން ޖެހެއެވެ. ނަމަވެސް މީއެއްވަނަ ދުނިޔޭގެ ގައުމުތަކޭ ބުނެ މިއީ ގޯސްވިސްނުމެކޭ ބުނެވިދާނެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ އެވައްޓެރި ގައުމުތަކަށް ބަލާލަމާ ހިނގާނށެވެ. އިންޑިއާގައި ބުނެވިދިޔަ ފެންވަރުގެ ޓީޗަރަކަށް އަހަރަކު 4500$ މުސާރައިގެ ގޮތުގައި ދެއެވެ. މިއީ ދިވެެހިރާއްޖޭގެ މިފެންވަރުގެ ޓީޗަރުންނަށް ދޭމުސާރައާއި އަޅާބަލާއިރު 1000$ މަދު އަދަދެކެވެ. އެހެން ނަމަވެސް އިންޑީއާގެ ޖީ.ީ.ޑީ.ޕީ އިން އަހަރަކަށް ބޮލަކަށް ޖެހެނީ 1489$ އެވެ. ރާއްޖޭގައި މިއަދަދު 6567$ އަރައެވެ، މާނައަކީ އިންޑީިއާގައި ޖީ.ޑީ.ޕީއިން ބޮލަކަށް ޖެހޭ ނިސްބަތުގެ އިތުރަށް 3 ގުނަ ޓީޗަރުންނަށް ދެއެވެ. ނަމަވެސް ރާއްޖޭގައި ޖީ،ޑީ،ޕީއިން ބޮލަކަށް ޖެހޭ އަދަދުވެސް ޓީޗަރުންނަށް ނުދެއެވެ. އެހެން ކަމުން މިކަމުންވެސް އެގެނީ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ޖެހޭކަމެވެ. ދިރިރުޅުމުގެ ޙަރަދާއި އިންފްލޭޝަންއަކީ މިފައިސާ ޕޮތީގެ އަނެއް ފަރާތެވެ. ޓީޗަރުންގެ މުސާރަ ބޮޑޫކުރުމުގެ ކުރިން އެއީވެސް ވަލަންޖޭ ކަންކަމެވެ.
ReplyDeleteރަނގަޅު ވާޙަކައެއް، ޓީޗަރުންގެ މުސާރަ ރިވިއު ކުރަން އެބަޖެހޭ، ހަމައެފަދައިން ސިއްހީ ޚިދުމަތްދޭ ފަރާތްތަކާއި މުޅި ސިވިލް ސަރވިސްގެ މުސާރަތައް ވެސް ރިވިރު ކުރަން އެބަޖެހޭ. އާދައިގެ ސިވިލް ސަރވިސް މުވައްޒަފަކަށް ލިބޭ މުސާރައީ އެމީހަކަށް ދިރި އުޅުމުގެ ހރަދަުތައް މިއަދު ހުރިގޮތުން އެކަށޭނެ މިންވަރެއްތޯ ސުވާލު އުފެދޭ. މިކަމުގައި އަޅުގަނޑޫ އެންމެ ކަންބޮޑުވާ ކަމަކީ މިނިވަން މުވައްސަސާތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކަން. ރާއްޖޭގައި މުސާރަ ތަކުގެ ފަރަގު ބޮޑުކަން މިއީ ގައުމީ މައްސަލައެއް، މިކަމަމަށް އޮތް ހައްލަކީ ޕޭކޮމިޝަންއެއް އުފައްދާ ރަނގަޅަށް މަސައްކަތް ކުރަން ފެށުން ކަމަށް ދެކެން.
Deleteނިމިގެން ދިޔައިރު މަގްސަދު ކިހާވަރަކަށް ހާސިލްވިތޯ ސުވާލު އުފެދޭ
ReplyDeleteAlso published in kurinbilive
ReplyDeletehttp://kurinbeelive.mv/1253