އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވެފައިވާ
ގައުމެއްގެ ހައިސިއްޔަތުން ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށްދާންވީ
ސާފުސީދާ ތަސައްވުރެއް އެކުލަވައިލވެފައި އޮތުމަކީ ނިހާޔަތަށް ބޭނުންތެރިކަމެކެވެ.
ގައުމުގެ ނައު ދަތުރު ކުރާނެ މަންޒިލެއް ކަނޑައެޅިފައި އޮތުން ވަރަށް މުހިންމެވެ.
މަންޒިލަށް ވާސިލް ވުމަށްޓަކައި ހުންގާނު އެއްމިސްރާބަކަށް ބަހައްޓަން އެނގޭނީ
އޭރުންނެވެ. ރާއްޖޭގެ އިގުތިސާދީ ތަސައްވުރުގެ
މައިގަނޑު އަމާޒަކީ 2025 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ މުއްސަނދި ގައުމަކަށް ވުމެވެ.
ރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގެ ދަށުން
ކޮންމެ 5 އަހަރަކުން އިންތިޚާބެއް ބާއްވަމުން ދާންޖެހެއެވެ. މިއިން ކޮންމެ ފަސްއަހަރަކުން ސަރުކާރު
ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައެޮތެވެ. ކޮންމެ ސަރުކާރެއްވެސް އަންނަނީ
ވައުދު ތަކަކާއި އެބައިމީހުންގެ އަމިއްލަ މެނިފެސްޓޯއަކާއެކުގައެވެ. ނަމަވެސް
ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކީ ރާއްޖޭގައި އެކުލަވާލައިވާ އިގްތިސާދީ މާސްޓަރ
ޕްލޭންތަން ހުއްޓާލުމަށްފަހު އައު ޕްލޭންތަކެއް ހަދަންވީ ވަގުތެއްނޫނެވެ. މާސްޓަރ
ޕްލޭންތަކަކީ އެހާ ކުރު މުއްދަތަކުން އިމްޕްލިމެންޓް ކުރެވޭނެ އެއްޗެއްނޫނެވެ.
ނަތީޖާއަކަށް ވެގެންދާނީ ހެދޭ މާސްޓަރ ޕްލޭންތަކަކި ކޮންމެ ފަސްއަހަރަކުން
ކުރެވޭ ހަމައެކަނި ކަރުދާހު
މަސައްކަތްތަކަކަށް ވުމެވެ. އެއަށް އަމަލީ ސިފަ އަންނަ ދުވަހެއް ނުފެނުމެވެ.
ސިޔާސީ މަސްރަހު މިއަދު އޮތްގޮތުން ސަރުކާރުން ކިތަންމެ
ރަނގަޅު ޕްލޭންއެއް އެކުލަވާލި ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއީ
ބަލައިގެނޭފަަދަ އެއްޗަކަށްނުވެއެވެ. ސަރުކާރެއް ބަދަލުވާއިރު ހިނގަހިނގާ ހުންނަ
ރައްޔިތުންނަށް ފައިދާއާއި ލާބަލިއްބައިދޭ ޕްރޮޖޮކްޓްތައް ހުއްޓާލައެވެ. އެއީ
އެކަން ފުރިހަމަ ކުރުމުން ކުރީގެ ފަރާތްތަކަށް އޭގެ ކުރެޑިޓް ލިބިދާނެތީއެވެ.
ތިމާމެންގެ އަމިއްލަ މެނިފެސްޓޯގައި ހިމެނޭ ޕްރޮޖެކްޓްތައް އަވަހަށް
ފަށައިގަތުމަށްޓަކައިވެސްމެއެވެ. ނަމަވެސް ގައުމުދެކެ ލޯބިވާ ބައެއްނަމަ ޒާތީ
ތައްސުބުން އެއްކިބާވެ ގައުމަށްފައިދާހުރި މަސައްކަތްތައްކުރުމުގައި ކުރިއަށް
ދާންޖެހެއެވެ. އެމަސައްކަތްފެށީ ނުވަތަ ޚިޔާލުދިނީ ކޮންބައެއްތޯ ބަލާކަން
މުހިންމެއްނޫނެވެ. ބޭނުންވަނީ ގައުމަށް ތަރައްޤީއާޢި ތަހުޒީބެވެ.
އެެންކަމުން، އިގްތިސާދު ކުރިއަރުވާ ތަރައްގީ ކުރުމަށްޓަކައި
ވަކިން ޚާއްސަ މިނިވަން ކޮމިޝަނެއްގެ ދައުރު ބޮޑުކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ
މިއީ ދުރާލާ ރާއިވެގެން އެތަށް ދިރާސާއެއްކޮށް އެތަށް ވަގުތަކާއި ހަރަދެއްވެސް
ކުރައްޖެހޭ ކަމަކަށްވާތީއެވެ. އަވަސް އަވަހަށް ބަދަލުކުރަންޖެހޭ
އެއްޗަކަށްވެއްޖެނަމަ އޭގެ އެދެވޭ އަސަރެއް ނުފެންނާނެއެވެ. މާސްޓަރ ޕްލޭން
ކަނޑައަޅާނީ އެފަދަ ކޮމިޝަނަކުންނެވެ. ދެންއަންނަ ސަރުކާރެއްގެ ޕްލޭންތަކާއި
ޕްރޮޖެކްތައް މާސްޓަރ ޕްލޭންއަށް މާބޮޑު ބަދަލެއް ނާންނަ ފަދައަކުން އެޖަސްޓްކުރަމުން
ގެންދެވިދާނެއެވެ. އޭރުން ސަރުކާެރު ބަދަލުވާ ކޮންމެ ދަނޑިވަޅެއްގައި އިކޮނޮމިކް
އައު މާސްޓަރ ޕްލޭންއެއް އެކުލަވާލާކަން ނުޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން
މަޑުޖެހުމެއްނެތި ގައުމުގެ އިގްތިސާދު ހިނގަމުންދާ ބާރު ދުވެލީގައި ކުރިއަށްދިއުމަށް
މަގުފަހިވެގެން ދާނެއެވެ.
No comments:
Post a Comment