Wednesday, May 14, 2014

ހޭލުންތެރިވުން: ފުރަތަމަ ފަރުވާ





މިއަދު ދިވެހިރާއްޖޭގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހުުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. ފަހަރެއްގައިވެސް އަޅުގަނޑަކީ ސިއްޙީ މާހިރެއް ނޫނީނެމެވެ. ނަމަވެސް އަޅުގަނޑުގެ ފަރުދީ ޒިންމާއެއްގެ ގަތޮތުން ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އަސާސީ މައުލޫމާތުކޮޅެއް ހިއްސާކޮށްލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ދެކެމެވެ.

ކެންސަރަކީ ކޮބާ؟
ކެންސަރަކީ ހަށިގަނޑުގައިވާ ބްލަޑް ސެލްތައް ހަލާކުވެ ހަށިގަނޑުތެރޭގައި ކޮންޓްރޯލެއް ނެތި ފަސޭހަކަމާއެކު ފެތުރިގެންދާ ބައްޔެކެވެ. ބަލި ޖެހިފައިވާ ސެލްތައް ލޭގެ ތެރޭގައި ދައުރުވެ ރަގަޅަށް ހުރި ޓިޝޫތައް ހަލާކުކޮށްލައެވެ. އަދި ހަށިގަނޑުގައި ޓިއުމަރ އުފެދި ފުރާނައަށް ނުރައްކާވާ ކުރުވައެވެ. ކެންސަރުގެ ގައިގަޑަކަށް 200 ވައްތަރުވެއެވެ. މީގެ ތެރޭގައި ބްލަޑް ކެންސަރު، ލަންގް ކެންސަރު، ގޮހޮރުގެ ކެންސަރު، ބްރެސްޓް ކެންސަރު، ކިޑްނީގެ ކެންސަރު، ހަމުގެ ކެންސަރު ހިމެނެއެވެ. ކެންސަރަކީ ހަށިގަނޑުގެ ކޮންމެ ތާކަށްވެސް ޖެހިދާނެ ބައްޔެކެވެ. އަދި ކެންސަރު ބަލީގައި  ތަފާތު ސްޓޭޖްތަކެއްވެސް ހުރެއެވެ. 

Thursday, April 24, 2014

Time to unveil the mask!

The new government came to power with beautiful promises and unbreakable wows, numerous pledges and assurances for the nation.   One of their primary focuses for the fulfillment the promises have been to increase the revenue for the government. Very recently parliament has passed the bill to increase the import duty for number of items and the President has ratified the bill today (24 April 2014). To make the situation worse, communication services has been included as a taxable service. it is crucial to note here that, with import duty, GST (goods and service tax) has to be paid. This means double taxation for a single item.  

Progressive Party of Maldives is the ruling party of the Country and they have got the Majority of the new parliament with the help of coalition parties. It is with regret that i say as soon as they got the power, they have started to change what they have said during the election. For example first bill sent to the Parliament was the amendment bill to the President's Immunity and Privileges, which covers the household expenses of the president even he lives personal residence. This is a clear indication of priorities of the president. Instead of a bill beneficial for the whole public he hurried to pass to bill of his own interest. On other hand the bills which lead to collect more tax were also passed. Basically this clearly shows that more are taken from citizen and more are paid for the government officials.

Monday, April 7, 2014

“Small bite, big threat”

Mosquitoes, flies, ticks and bugs may seem to be simple and harmless, but it also can be a threat to your health – and that of your family - at home and when travelling. Furthermore it can be deadly harmful in certain cases. Each year 8th April is marked as World Health day by World health organization. Slogan for this year’s health day is “Preventing vector-borne diseases”. According to WHO every year, more than one billion people are infected and more than one million die from vector-borne diseases. More than half the world’s population is at risk from diseases such as malaria, dengue, leishmaniasis, Lyme disease, schistosomiasis, and yellow fever, carried by mosquitoes, flies, ticks, water snails and other vectors. However the most common such disease is Dengue which spread from mosquito.
Mosquito-borne dengue is now found in 100 countries, putting more than 2.5 billion people (over 40% of the world's population) at danger. Yet there is no vaccine for dengue which is spread by aedes mosquito. All what we can do is get rid of mosquito. For that we have to avoid the empty spaces which can accumulate water especially in rainy season. Dengue is a seasonal disease and rainy season brings high chance of spreading this disease. Maldivian rainy season often falls into June and July. We need to be extra careful during this period. Hence prevention of dengue is on the hand of general public.

Saturday, April 5, 2014

ކަޅުހެދުމުގެ އާދިއްތަ


މިއަދު 2014 އޭޕްރީލް 6 ވާ އާދިއްތަ ދުވަހަކީ ޓީޗަރސް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް ގޮތުން މުދައްރިސުން ކަޅުހެދުމުގައި މަސައްކަތަށް ނުކުތުމަށް ނިންމާފައިވާ ދުވަހަކެވެ. މުދައްރިސުންގެ ފަރާތުން ހާމަކުރާ ގޮތުގައި މިގޮތަށް ނިންމީ މުދައްރިސުންނަށް ސަރުކާރުންދޭ ސަމާލުކަން ކުޑަކަމުންނެވެ. އަދި ކަމާބެހޭ އިދާރާތަކާއި ސަރުކާރުގެ އިސްވެރިންނާއިއެކު މިކަމާ ގުޅޭގޮތުން މަސްވަރާކުރެވޭނެ ގޮތެއްވެސް ހަމަޖައްސައި ނުދިނުމުނެވެ.
ކަޅުހެދުން ލުމަކީ އެއްގޮތަކުން ބަލާއިރު މައްސަލައެއްނޫނެވެ. މުދައްރިސުން އެބައިމީހުންގެ ހިތްހަމަ ނުޖެހުން ފާޅުކޮށް ސަރުކާރަށް އަންގައިދޭން ބޭނުންވެއެވެ. ކަމާބެހޭ ފަރާތްތަކާއި ބައްދަލުކޮށްގެން އެކަންކުރަން އުޅެ ވަނީ ނާކާމިޔާބު ވެފައެވެ. ދެން އޮތްގޮތަކީ މަސައްކަތް ހުއްޓާލުމެވެ. މަނަވެސް ކިޔަވައިދިނުންފަދަ ދާއިރާއެއްގައި މިފަދައިން ކަންތައްކޮށްފި ނަމަ އެކަމުން ނުކުންނާނެ ނަތީޖާ މާހިތިވާނެއެވެ. ވީމާ މަސައްކަތް ހިއްޓާލުމުގެ ބަދަލުގައި ލާ ހެދުމުގެ ކުލައިން އެކަން އަންގައިދިނުނަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ ނަޒަރުގެ ޓީޗަރސް އެސޯސިއޭޝަނުން ދަރިވަރުންނާއި އަދި މުޅި ތައުލީމީ ދާއިރާއާއި ދޭތެރޭގައި ފުންކޮށް ވިސްނާކަމުގެ އަލިގަދަ ހެއްކެވެ.

Sunday, March 30, 2014

އިގްތިސާދީ ކޮމިޝަނެއްގެ މުހިންމުކަން.

ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް 2025 ވަނަ އަހަރާ ހަމައަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ސިޔާސަތުތައް ދާދި ފަހުންވަނީ ހާމަކޮށްފައެވެ. "މޯލްޑިވްސް އިކޮނޮމިކް ޑައިވާސިފިކޭޝަން ސްޓްރެޓެޖީ"ގެ ނަމުގައި ތައާރަފުކުރި ރިޕޯޓަކީ، ރާއްޖޭގެ އިގުތުސާދު މިހާރަށް ވުރެ ހަރުދަނާކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް އެކުލަވާލައިފައިވާ ތަސައްވުރެކެވެ. މިތަސައްވުރުގައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށް މައިގަނޑު 10 ދާއިރާއަކުން ކުރެވިދާނެ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.
އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން މެދުފަންތީގެ އާމްދަނީ ލިބޭ ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވެފައިވާ ގައުމެއްގެ ހައިސިއްޔަތުން ގައުމުގެ އިގްތިސާދު ބާރު ދުވެލީގައި ކުރިއަށްދާންވީ ސާފުސީދާ ތަސައްވުރެއް އެކުލަވައިލވެފައި އޮތުމަކީ ނިހާޔަތަށް ބޭނުންތެރިކަމެކެވެ. ގައުމުގެ ނައު ދަތުރު ކުރާނެ މަންޒިލެއް ކަނޑައެޅިފައި އޮތުން ވަރަށް މުހިންމެވެ. މަންޒިލަށް ވާސިލް ވުމަށްޓަކައި ހުންގާނު އެއްމިސްރާބަކަށް ބަހައްޓަން އެނގޭނީ އޭރުންނެވެ. ރާއްޖޭގެ އިގުތިސާދީ ތަސައްވުރުގެ މައިގަނޑު އަމާޒަކީ 2025 ވަނަ އަހަރު އަންނަ އިރު ރާއްޖެއަކީ މުއްސަނދި ގައުމަކަށް ވުމެވެ.
ރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގެ ދަށުން ކޮންމެ 5 އަހަރަކުން އިންތިޚާބެއް ބާއްވަމުން ދާންޖެހެއެވެ.  މިއިން ކޮންމެ ފަސްއަހަރަކުން ސަރުކާރު ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައެޮތެވެ. ކޮންމެ ސަރުކާރެއްވެސް އަންނަނީ ވައުދު ތަކަކާއި އެބައިމީހުންގެ އަމިއްލަ މެނިފެސްޓޯއަކާއެކުގައެވެ. ނަމަވެސް ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކީ ރާއްޖޭގައި އެކުލަވާލައިވާ އިގްތިސާދީ މާސްޓަރ ޕްލޭންތަން ހުއްޓާލުމަށްފަހު އައު ޕްލޭންތަކެއް ހަދަންވީ ވަގުތެއްނޫނެވެ. މާސްޓަރ ޕްލޭންތަކަކީ އެހާ ކުރު މުއްދަތަކުން އިމްޕްލިމެންޓް ކުރެވޭނެ އެއްޗެއްނޫނެވެ. ނަތީޖާއަކަށް ވެގެންދާނީ ހެދޭ މާސްޓަރ ޕްލޭންތަކަކި ކޮންމެ ފަސްއަހަރަކުން ކުރެވޭ  ހަމައެކަނި ކަރުދާހު މަސައްކަތްތަކަކަށް ވުމެވެ. އެއަށް އަމަލީ ސިފަ އަންނަ ދުވަހެއް ނުފެނުމެވެ.

ސިޔާސީ މަސްރަހު މިއަދު އޮތްގޮތުން ސަރުކާރުން ކިތަންމެ ރަނގަޅު ޕްލޭންއެއް އެކުލަވާލި ނަމަވެސް އިދިކޮޅު ފަރާތްތަކަށް އެއީ ބަލައިގެނޭފަަދަ އެއްޗަކަށްނުވެއެވެ. ސަރުކާރެއް ބަދަލުވާއިރު ހިނގަހިނގާ ހުންނަ ރައްޔިތުންނަށް ފައިދާއާއި ލާބަލިއްބައިދޭ ޕްރޮޖޮކްޓްތައް ހުއްޓާލައެވެ. އެއީ އެކަން ފުރިހަމަ ކުރުމުން ކުރީގެ ފަރާތްތަކަށް އޭގެ ކުރެޑިޓް ލިބިދާނެތީއެވެ. ތިމާމެންގެ އަމިއްލަ މެނިފެސްޓޯގައި ހިމެނޭ ޕްރޮޖެކްޓްތައް އަވަހަށް ފަށައިގަތުމަށްޓަކައިވެސްމެއެވެ. ނަމަވެސް ގައުމުދެކެ ލޯބިވާ ބައެއްނަމަ ޒާތީ ތައްސުބުން އެއްކިބާވެ ގައުމަށްފައިދާހުރި މަސައްކަތްތައްކުރުމުގައި ކުރިއަށް ދާންޖެހެއެވެ. އެމަސައްކަތްފެށީ ނުވަތަ ޚިޔާލުދިނީ ކޮންބައެއްތޯ ބަލާކަން މުހިންމެއްނޫނެވެ. ބޭނުންވަނީ ގައުމަށް ތަރައްޤީއާޢި ތަހުޒީބެވެ.
އެެންކަމުން، އިގްތިސާދު ކުރިއަރުވާ ތަރައްގީ ކުރުމަށްޓަކައި ވަކިން ޚާއްސަ މިނިވަން ކޮމިޝަނެއްގެ ދައުރު ބޮޑުކަމަށް އަޅުގަނޑު ދެކެމެވެ. ސަބަބަކީ މިއީ ދުރާލާ ރާއިވެގެން އެތަށް ދިރާސާއެއްކޮށް އެތަށް ވަގުތަކާއި ހަރަދެއްވެސް ކުރައްޖެހޭ ކަމަކަށްވާތީއެވެ. އަވަސް އަވަހަށް ބަދަލުކުރަންޖެހޭ އެއްޗަކަށްވެއްޖެނަމަ އޭގެ އެދެވޭ އަސަރެއް ނުފެންނާނެއެވެ. މާސްޓަރ ޕްލޭން ކަނޑައަޅާނީ އެފަދަ ކޮމިޝަނަކުންނެވެ. ދެންއަންނަ ސަރުކާރެއްގެ ޕްލޭންތަކާއި ޕްރޮޖެކްތައް މާސްޓަރ ޕްލޭންއަށް މާބޮޑު ބަދަލެއް ނާންނަ ފަދައަކުން އެޖަސްޓްކުރަމުން ގެންދެވިދާނެއެވެ. އޭރުން ސަރުކާެރު ބަދަލުވާ ކޮންމެ ދަނޑިވަޅެއްގައި އިކޮނޮމިކް އައު މާސްޓަރ ޕްލޭންއެއް އެކުލަވާލާކަން ނުޖެހޭނެއެވެ. ނަތީޖާއެއްގެ ގޮތުން މަޑުޖެހުމެއްނެތި ގައުމުގެ އިގްތިސާދު ހިނގަމުންދާ ބާރު ދުވެލީގައި ކުރިއަށްދިއުމަށް މަގުފަހިވެގެން ދާނެއެވެ.

ކޯލިޝަން ސަރުކާރެއް ހިންގުން؛ ވާވަރުކަމެއްބާ؟

'ކޯލިޝަން' މިލަފްޒަކީ މިފަހުގެ ސިޔާސީ ދާއިރާގައި އެންމެ އާންމު އެއްލަފްޒެެވެ. ފުރަތަމަ ކޯލިޝަންއެއްގެ ވާހަކަ އާންމުވެގެން ދިޔައީ 2008 ގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ސަރުކާރުގައި ތިބި ފަރާތް ކަމުގައިވާ ޑީއާރުޕީއާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި ހެދި ކޯލިޝަންއާއި ހިސާބުންނެވެ. އޭރު ކޯލިޝަންހެދީ އިދިކޮޅު މައިޕާޓީ ކަމުގައިވާ އެމްޑީޕީއާއި ސަރުކާރާއި ދެކޮޅު އެހެން ޕާޓީތައް ކަމުގައިވާ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެސްއެލްޕީއެވެ. މީގެއިތުރުން އަމިއްލަ ގޮތުން އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުވެސް ގުޅިވަޑައިގެންނެވިއެވެ. 2008ގެ ރިޔާސީ އިންތިޚާބުގައި 30 އަހަރު ރައީސްކަމުގައި ހުންނެވި އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ބަލިކުރައްވާ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ. ރާއްޖޭގައި ކޯލިޝަން ނުވަތަ އިއްތިހާދު ފެށިގެންއައީ ގޮތަކީ މިއީއެވެ.
ކޯލިޝަންއަކާ ދިމާއަށް ދަނީ ކީއްވެ؟
ހަގީގަތުގައި ކޯލިޝަންއަކީ އެއްވެސް ޕާޓީއަކުން މާކުރާހިތުން ކުރާކަމެއްނޫނެވެ. ނަމަވެސް ހާލަތާއި ވަގުތާއި ގުޅޭގޮތުން 'މަޖުރުބޫރު' ވެގެން ކުރާ ކަމެކެވެ. ކޯލިޝަންއަކާއި ނުލައި ކުރިއަށް ދެވޭނެ ގޮތެއް ނެތިގެން ކުރާ ކަމެކެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކަށް ސާފު އަޤްލަބިއްޔަތެއް ނުލިބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބޮޑު ކޯލިޝަންއަކާ ދިމާއަށް ދާންޖެހުމެވެ. ކޯލިޝަންއަކާ ނުލައި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް އެމްޑީޕީއިން ވަރަށް ޖޯޝާއެކު މަސައްކަތް ކުރިނަމަވެސް  އެކަން ވެގެންދިޔައީ ނާކާމިޔާބުއެވެ. ދެވަނަ ބުރުގައި އިންތިޚާބު ކާމިޔާބު ކުރީ ޕީޕީއެމް އާއި ޖުމްހޫރީޕާޓީ އަދި އަދާލަތު ޕާޓީއާއެކު ކޯލިޝަން ހަދައިގެންނެވެ.  

ކޯލިޝަންގެ ނަތީޖާ
މިފަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އަބުދުﷲ ޔާމިންއަށް ކާމިޔާބު ކުރެއްވުމުގެ ފަހަތުގައި ވަނީވެސް ކޯލިޝަންގެ ބާރުގަދަ ކަމެވެ. ފުރަތަމަ ބުރުގައި ޖުމްހޫރީ ގުޅުމުގެ ކެންޑިޑޭޓް ފަހަތަށް ޖައްސާލުމަށްފަހު ޔާމިންއަށް ދެވަނަ ލިބިވަޑައިގަތީ ކުޑަތަފާތަކުންނެވެ. އެއީ އެމްޑީއާއިއެކު ކޯލިޝަން ހަދައިގެންނެވެ. ހަމައެހެންމެ ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދު ބަލިކުރެއްވީ ކޯލިޝަން ފުޅާކުރައްވައިގެންނެވެ. ރައްޔިތުންގެ މަޖިލިސް އިންތިޚާބު 2014 ގައި ޕީޕީއެމް، އެމްޑީ އަދި ޖުމްހޫރީ ކޯލިޝަންއެކީ ކުރިމަތި ލައިގެން ވަރަށް ބޮޑު ކާމިޔާބެއްވަނީ ހޯދާފައެވެ. ޕާޓީތަކުން ވަކިވަކިން މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވި ނަމަ ގިނަ ގޮޑިތައް އެމްޑީޕީއިން ގެންދިއުން އޮންނާނީ ވަރަށް ގާތުގައެވެ. މިކަންކަމުން އެނގިދޭހަވާ ކަމަކީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ މުހިންމު ކަމެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ކޯލިޝަންގެ މުހިންމުކަން ކިތަންމެ ބޮޑުނަމަވެސް، މާޒީއިން ލިބިދޭ ފިލާވަޅަކީ ކޯލިޝަން ރޫޅިދާކަމެވެ. ބައެއްފަހަރު ވަރަށް އަވަހަށެވެ. އަނެއްބައި ފަހަރު ލަހުންނެވެ. 2008 ގައި އެމްޑީޕީއިން ހެދި ކޯލިޝަން ރޫޅުނީ ވެރިކަމަށް އައިތާ އެންމެ 21 ދުވަހުގެ ތެރޭގައެވެ. ރައީސް މުހައްމަދު ވަހީދު ވެރިކަމުގައި ގުޅިފައިވާ ކޯލިޝަންއަކުން ވެރިކަން ކުރިނަމަވެސް އެސަރުކާރުގެ ތެރޭގައި މައްސަލަ ބޮޑުވެ ދައުރުގެ ފަހުކޮޅުވަނީ ގާތްގަނޑަކަށް ރޫޅިފައެވެ.

މިކޯލިޝަނަށް ވާނީ ކިހިނެތް؟
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއާކު ކޯލިޝަން ހަދައިފައިވާ އެމްޑީއޭއާއި ޖުމްހޫރީ ގުޅުމުގެެ ކޯލިޝަންއަށް ވާނެގޮތް ބަލަން އެތަށްބަޔަކު ތިބީ ކެތްމަދުވެފައެވެ. ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރަށް 4މަސް ފުރިގެން ދިޔައިރު އަދި ހިންގަމުން ދަނީ ކޯލިޝަން ސަރުކާރެކެވެ. ނަމަވެސް މިދުވަސް ކޮޅަކީ ވަރަށް ނާޒުކު ދުވަސްކޮޅެކެވެ. 2014 ގައި ހުވާކުރާ އައު ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް ކޯލިޝަންގެ ދެ ޕާޓީ ކަމަށްވާ ޕީއެމްއާއި ޖުމްހޫރީ ޕާޓީން ވާދަކަ ކުރަން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި މިދެޕާޓީން އެކައްޗެއްކިޔާ އެބަޔަކު އަނެއްބަޔަކަށް ދޫދީގެން މަސައްކަތް ކުރިނަމަވެސް މިއަދު ދެ އިންތިޚާބު ނިމުމުން މިއެކުވެރިކަން ނިމުމަކަށް އައިސް ބައިބައިވަނީތޯ ހިތުގައި އުފެދޭ ބޮޑު ސުވާލެކެވެ. އެހެންވެއްޖެ ނަމަ ކޯލިޝަން ރޫޅުމުގެ ސިލްސިލާއަށް އިތުރު ބޮޅެއް އިތުރު ވެގެން ދިޔައީއެވެ. ނަމަވެސް ކޯލިޝަންގެ ބައިވެރިން މިގޮތަށް މިކަން ވާތަން ބަލަން ހިމޭނުން ތިބޭނެ ކަމަކަށް އަޅުގަނޑުގެ ޒަމީރެއް ގަބޫލެއް ނުކުރެއެވެ. ޕީޕީއެމް ނޫނީ މިފަހަރު ކޯލިޝަންގެ އެހެންބައިވެރިންނަކީ ކޯލިޝަންގެ ތަޖުރިބާ ކާރުންނެވެ. އެހެންކަމުން މާޒީން ލިބިދިން އިބްރަތުގެ ބޭނުންހިފައި ކޯލިޝަން ހަރުދަނާކޮށް ދެމެހެެއްޓުމަށް މަސައްކަތްކުރާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.
ނިންމުން
މިއަދު ސިޔާސީ މަޝްރަހު އޮތްގޮތުން އެވެސް ޕާޓީއަކަށް އެކަނިމާއެކަނި މަސައްކަތްކޮށްގެން މާބޮޑު ކާމިޔާބީއެއް ހޯދޭކަންނެތެވެ. ހިތާދެކޮޅަށް ނަމަވެސް ކޯލިޝަންއަކާ ދިމާއަށް މިސްރާބު ޖެހެނީ މިސަބަބައްޓަކައެވެ. ކޯލިޝަންއަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮންމެހެން ބޭނުންތެރިކަމަކަށް ވިޔަސް، އުފެދޭ ޚިޔާލު ތަފާތުވުންތަކާއެކު ކޯލިޝަންއާއެކު ކުރިއަށް ދިއުމަށް ދަތިތަކެއް ކުރިމަތިކުރުވައެވެ. ނުވަތަ ބައެއްފަހަރު ކޯލިޝަންގެ މުހިންމުކަން ކެނޑިދެއެވެ. ޚާއްސަކޮށް މަޖްލިސްގައި މައިޕާޓީއަށް އަޤްލަބިއްޔަތު ލިބިއްޖެނަމަ އިތުރަށް ކޯލިޝަން ދެމެހެއްޓުމަކީ ވެރިކަންކުރާ ޕާޓިއަށް ކޮންމެހެން ކުރަން މުހިންމުކަމަކަށް ނުވެދެއެވެ. އެހެންކަމުން ކޯލިޝަންގައި ބައިވެރިވާ އެހެން ޕާޓީތަކަށް މިޖެހެނީ ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ނެތިދާ ފަދަ ހާލަތެކެވެ. ޔަގީނުންވެސްފާހަގަ ކުރެވޭ ކަމަކީ 2008 ގެ ކޯލިޝަންއަށް ވުރެ މިފަހަރަގެ ކޯލިޝަން ހާސްބައި ރަނގަޅުކަމެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދު އަމަލުކުރެއްވި ފަދައިން ހުރިހާ ބާރެއްގައި ބަނގުޑި ބައްދަން މަސައްކަތްކޮށް، ނިންމުންތައް އަމިއްލަ ޕާޓީގެ މަސްލަހަތަށްޓަކައި ނިންމަން ފަށައިފި ނަމަ ކޯލިޝަންގެ ބަދަހި ތަނބުތަކުގައި ރެދުލައި ބައިބައި ވުމަށް މާގިނަ ދުވަހެއް ނަގާނެ ކަމަކަށް ނުބެލެވެއެވެ. ޔަގީންނުންވެސް މިއީ ކޯލިޝަންއަށް އިތުބާރުކޮށް ވޯޓްދެއްވި އެތައް ރައްޔިތުންނެއްގެ އުންމީދުތައް ވެއްޔާއި މޮޑެލުން ކަމުގައި ނޫނީ ނުވާނެއެވެ.